ބޮލްގް ޓާސްކް 1
އުނގެނުމާއި
އުނގަންނައިދިނުމުގައި ސައިކޮލޮޖީ
އެޑިޔުކޭޝަނަލް ސައިކޮލޮޖީ އަކީ އުނގަންނައިދިނުމުގެ މާހައުލުގައި ދިމާވާ
އެކިއެކި މައްސަލަތަކާއި އެ މައްސަލަތައް ދެނެގަނެ ހައްލުކުރާނެގޮތްތަކާއި،
އުނގަންނައިދިނުމާ ގުޅިފައިވާ އެކިއެކި ތިއަރީތަކާއި މި ތިއަރީތައް ބޭނުންކުރާނެ
ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. ތާރީޚަށް ބަލާއިރު، މި އިލްމު ތަފާތު އެކި
މަރުހަލާތަކަށް ބަދަލުވެފައިވާއިރު، އެންމެ ފުރަތަމަ މި އިލްމުގައި ބެލިފައިވަނީ ފަރުދީތަފާތުތަކާއި ހާސިލު ކުރެވޭ
މިންވަރުތައް ދެނެގަތުމަށެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި އުނގަންނައިދިނުމުގައި
ހަރަކާތްތެރިވާ ސައިކޮލޮޖިސްޓުން ވަނީ ދަރިވަރުންގެ ވިސްނުން ތަރައްގީވަމުން
އަންނަގޮތާއި ދަސްކުރާގޮތް ދެނެގަތުމުގެ އިތުރުން ދަރިވަރު ދިރިއުޅޭ ވެށްޓާއި
ޘަގާފަތުން އަދި އިޖްތިމާއި އެކި އެކި ގުޅުންތަކުގެ ސަބަބުން ދަރިވަރުގެ
އުނގެނުމަށާއި ކުރިއެރުމަށް އަންނަ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާތަކެއް
ކޮށްފައެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި އެޑިޔުކޭޝަނަލް ސައިކޮލޮޖީއަކީ އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ ކޮންމެ
މުދައްރިސަކުވެސް އެނގިފަ އޮތުން މުހިންމު އިލްމެކެވެ. ސަބަބަކީ ކުއްޖާގެ
ވިސްނުމާއި ސުލޫކަށް އަންނަ ބަދަލުތައް މުދައްރިސަށް ފާހަގަކުރެވެނީ މި އިލްމުގެ
ތެރެއިން ކަމުގައި ވާތީއެވެ. ހަމައެއާއެކު އުނގަންނައިދިނުމާއި ގުޅޭގޮތުން
ހެދިފައިވާ އެކިއެކި ތިއަރީތަކަކީ އުނގަންނައިދިނުމުގެ މަސައްކަތް ދެނެގަތުމުގައި
ބޭނުން ހިފިދާނެ ތިއަރީތަކެކެވެ. މި ތިއަރީތަކުގެ އެހީގައި ދޭދޭ ކުދިންގެ މެދުގައި
ހުންނަ ވިސްނުމުގެ ތަފާތުތަކާއި އެކި ކުދިން އުނގެނުމުގައި ގެންގުޅޭ ގޮތްތައް
ދަސްކުރެވެ އެވެ. އެހެންކަމުން އެޑިޔުކޭޝަނަލް ސައިކޮލޮޖީ އާއި މި އިލްމުގެ ދަށުން
ހެދިފައިވާ ތިއަރީތަކަކީ އުނގަންނައިދިނުން މަގުފަހިކުރުމަށްޓަކައި ބޭނުން
ހިފިދާނެ ބައިތަކެއް ކަމުގައި ގަބޫލުކުރެވެ އެވެ.
No comments:
Post a Comment